މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެ

މުޅި ރާއްޖޭގެ މޫސުން ވެސް ގޯސްވެފައިވާތީ، ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ މާފަންނު ސްޓޭޑިއަމްގައި މާދަމާ ނޯންނާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އޭގެ ބަދަލުގައި މާލޭގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
މި ފަހަރުގެ ކުޑަ އީދު ފެން އީދަކަށް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިން ލަފާކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން 72 ގަޑިއިރު ވަންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވަން ނިންމެވި އީދު ސަލާމް ކުރެއްވުން ވެސް މޫސުން ތަން ނުދޭތީ ވަނީ ކެންސަލް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ