ހުކުރު ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ހުކުރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އިންޓާކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހުކުރު ދުވަހުގެ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގަޑިތައް އެހެން ބަޔާން ކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް ކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
މިއީ އިންޓާކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމާ، މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކާ ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ