ކޯޓުން އެންގީ އަދުރޭ އާއި ޝުޖާއު ދޫކޮށްލަން

ދަރުބާރުގޭ ކުރިމަތީ އިއްޔެ މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގައި އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ދޫނިދޫ ޖަލަށެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ނިންމީ ބަންދު އިތުރުކުރެވެން ނެތް ކަމަށެވެ.
Adhurey aai Shujaau Dhoonidhoo ah gengosfi
The most trusted news source in the Maldives
Mihaaru
މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާއެއްގައި ވެސް އަބްދުއްރަހީމް އާއި ޝުޖާއުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ހަމަ އެ ރޭ އެ އެންމެން ދޫކޮށްލި އެވެ. ހޯމަ ދުވަހު އިދިކޮޅުން މުޒާހަރާ ކުރަމުން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރަން ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ