މި ސަރުކާރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާއެކު ގެނެވުނު ސަރުކާރެއް ކަމަށާއި، ސަރުކާރުގެ ދިފާއުގައި ހުންނަވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އަސުރުމާ" އަށް ދެއްވި އިންޓަވިއު އެއްގައި ގާސިމް ވިދާޅުވެފައިވަނީ "ސަރުކާރުގެ ދިފާއުގައި ރައީސް ޔާމީން ވިދާޅުވި ކޮންމެ ކަމެއް ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް" ކަމަށެވެ.
ސެޕްޓެމްބަރ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު، "ފިނިފެންމާ" ގައި ހިނގައިދިޔަ ހާދިސާ އަށް އިޝާރާތްކުރަށްވާ ގާސިމް ވިދާޅުވީ ގާނޫނީގޮތުން އައްޔަން ކުރެވިފައިހުންނެވި ވެރިއަކަށް މިފަދަ ހަމަލާއެއް އަމާޒުކުރެވުމަކީ ގަބޫލު ކުރެވޭކަމެއް ނޫން ކަމަށެވެ.
މީގެ އިތުރަށް ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ހިތްޕުޅުގައި ސަރުކާރަށް އަދި ރައީސް ޔާމީނަށް އިޚްލާސްތެރި ޝުއޫރުތައް އެބަހުރި ކަމަށެވެ.
"އެއީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް. އެއީ ވަރަށް ބޮޑު ޖަރީމާއެއް. އަޅުގަނޑުގެ ހިތުގައި ރައީސް ޔާމީނާމެދު އަދި ސަރުކާރާމެދުގައި ވަރަށް އިހުލާސްތެރި ޝުއޫރުތަކެއް އެބަހުރި،" ގާސިމް ވިދާޅުވިއެވެ.
ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އާއި ގުޅިގެން މަޖިލީހުގެ މެންބަރުންނާއި ރައީސް ޔާމިން ބައްދަލުކުރެއްވުމަޤ ބޭއްވުނު ޕީޕީއެމް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައިވެސް ގާސިމް އާއި ޖުމްހޫރީ ޕާރޓީގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރާ ވެސް އަދި ރައްޔިތުންނާއި ވެސް އެކުގައިކަމަށެވެ.
ރައީސް ޔާމިންގެ ސަރުކާރު ފެށިގެން އައިއިރު ގާސިމް އިބްރާހިމް ހުންނެވީ ސަރުކާރު ކޯލިޝަނުގެ އިސް ބައިވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ދިމާވި މައްސަލަ ތަކަކާއި ގުޅިގެން ޕީޕީއެމް ކޯލިޝަނުން ޖޭޕީ ވަނީ ވަކިވެފައެެވެ. ނަމަވެސް ފިނިފެންމާ ލޯންޗްކޮޅުގައި ހިނގައިދިޔަ ހާދިސާއަށްފަހު ގާސިމް އާއި ސަރުކާރުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.
// <![CDATA[
(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));
// ]]>
ސަރުކާރުގެ ދިފާއުގައި ހުންނަވާނެކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ