ކަރަންޓު ކެނޑުނީ މާލޭގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

ރޭ މެންދަމު މާލެއިން ކަރަންޓު ކެނޑުނީ މާލޭގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ރޭ މެންދަމު 03:15 ގައި މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހާދިސާ އެ ކުންފުނިން ބަލަމުންގެންދާކަމަށާއި ކަރަންޓު ފޯރުކޮށްދިނުމަށް ކުރި މަސައްކަތުން ބައެއް ހިސާބުތަކަށް 03:55 ހާއިރު ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ކަރަންތް ވިއުގަ އަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ހުރިހާ ސަރަހައްދުތަކަށް ހެނދުނު 06:00 ގައި ކަރަންޓު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.
މާލޭން ރޭ ކަރަންޓް ކެނޑުނު ވަގުތަކީ ހުއްޓުމެއްނެތި ގިނަ އިރުތަކަކަށް މާލެ އަށް ވާރޭ ވެހުމާއި ގުޅިގެން މާލޭގެ ގިނަ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައި އޮތް ވަގުތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ