ކާށިދޫ އަދި ގެމަނަފުށީ ދާއިރާގެ ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ އަދި ގެމަނަފުށީ ދާއިރާގެ އިންތިހާބް ބާތިލުކުރަން ހުށައަޅާފައިވާ މައްސަލަތަކުގެ ޝަރީއަތް މާދަމާ ފަށާގޮތަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ގެނަމަފުށީ ދާއިރާގެ މައްސަލަ އެމްޑީޕީން ހުށަހެޅިއިރު ކާށިދޫ ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީން އެ ދާއިރާ އަށް ވާދަކުރެއްވާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މިހާރުގެ ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ހައި ކޯޓަށް މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި 16 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ.ނަމަވެސް ހައިކޯޓުން ބަލިގެންފައިވަނީ އޭގެތެރެއިން 12 މައްސަލައެކެވެ.
މިހާތަނަށް ޝަރީއަތް ނުފެށި ފެލިދޫ ދާއިރާ އާއި ކާށިދޫ ދާއިރާގެ އިތުރުން ގެނަމަފުށީ ދާއިރާ އިންތިޚާބުގެ މައްސަލަ އެވެ.
ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ފަށާފައިވަނީ ފުނަދޫ ދާއިރާ، ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމު ދާއިރާގެ އިތުރުން ވިލިނގިލީ ދާއިރާ އަދި ހިތަދޫ އުތުރު ދާއިރާ،އިސްދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ އެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ