ކަރަންޓް އުފެއްދުމުގެ މަސައްކަތް ހުއްދަ ނެތި ކޮށްގެން ނުވާނެ: މެގް

ކަރަންޓް އުފެއްދުމުގެ މަސައްކަތް ހުއްދަ ނެތި ނުކުރުމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީ (މެގް) އިން އެދިއްޖެއެވެ.
އެއޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ގާއިމްކުރެވޭ ކަރަންޓު އުފައްދާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ނިޒާމްތައް ގާއިމުކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް ނުނަގާ، އެފަދަ ނިޒާމްތައް ގާއިމުކުރުމާއި ކަރަންޓުގެ ޚިދުމަތް ދިނުމާ ބެހޭ އަމަލީ މަސައްކަތްތައް ކުރުމަށް ބައެއް ފަރާތްތަކުން ޕްލޭން ކުރަމުން ގެންދާކަމުގެ މަޢުލޫމާތު އެ އޮތޯރީއަށް ލިބިފައިވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ޤާނޫނާއި އެ އޮތޯރިޓީގެ މެންޑޭޓުން ބާރު ލިބިގެން އޮތޯރިޓީން ހަދާފައިވާ "މާލެ އާއި ރާއްޖެ ތެރޭގައި އާއްމުކޮށް އިލެކްޓްރިކް ކަރަންޓު ދިނުމުގެ ޤަވާއިދު" ގެ ދަށުން ސަރުކާރުގެ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރަން ނުވަތަ އެފަދަ ނިޒާމަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަމަކާއި ބެހޭ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އެ ނިޒާމެއްގެ ޑިޒައިން ފާސްކުރަން ޖެހޭ ކަމަށެވެ.
އަދި އާންމުކޮށް ކަރަންޓުގެ ހިދުމަތްދޭ ނިޒާމެއްނަމަ ޑިޒައިންގެ އިތުރުން އެފަދަ ނިޒާމަކުން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ނަގަން ގަސްދުކުރާ އަގާއި ޢާއްމުކޮށް ޚިދުމަތް ދިނުމުގެ ޤަވާއިދުވެސް ފާސްކުރަން ޖެހޭކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ