ރާއްޖެ އަށް މިހާރު ދިމާވެފައި މިއޮތީ ނާމާން ކާރިސާއެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އެއްބަންތަކުގެ ކަމުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕެނަލް ޑިސްކަޝަނަކަށް ފޮނުވި މެސެޖެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ މީގެ 13 އަހަރު ކުރިން އެރި ސުނާމީން އަރައިގަންނަން ދިވެހީން މުޅި ދުނިޔެ އަށް ދެއްކި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން އެކަމުން މިންޖުވާން މަސައްކަތް ކުރަންޖެހޭ ކަން، އެ މެސެޖުގައި ވެ އެވެ.
"ދިވެހިރާއްޖެ އަށް މިހާރު ވެސް ދިމާވެފައި މިވަނީ ބިރުވެރިކަމާއި ނާމާންކަމުގެ ދުވަސްތަކެއް، އެތައް ބައިވަރު ރައްޔިތުންނަކަށް ދަނީ ނުހައްގުން އަނިޔާ ލިބެމުން. އޭރު ވެސް ސުނާމީ ކާރިސާ އިން އަރައިގަތުމަށް މުޅި ދުނިޔެ އަށް ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން، ދިވެހިރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ "ކާރިސާ" އިން ސަލާމަތްވުމުގެ މަސައްކަތް، ދިވެހިން ކުރަންޖެހޭ،" މައުމޫނުގެ މެސެޖުގައި ވެ އެވެ.
ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތަކެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަކީ ކޮންމެ ފަރުދަކަށް ވެސް އޮތް ޒިންމާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ސުނާމީ ކާރިސާ ކުރިމަތިވިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވީ އެދުވަހު ރައްޔިތުން އިސްކުރީ ގައުމީ މަސްލަހަތު ކަމަށެވެ.
ދިމާވެފައި މިއޮތީ ނާމާން، ކާރިސާއެއް – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ