ފާރިސްގެ މަސައްކަތަށް ކުރީގެ މެމްބަރު ނާޒިމް ތައުރީފް ކުރައްވައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅަށް ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި 25 އަހަރަށް ޖަލަށްލުމުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ އަހްމަދު ނާޒިމް ފާރިސް އަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންނަނީ ހައްގުގެ މަގުގައި ހައްގު ބަސް ބުނާ މަޖިލިސް މެމްބަރުން ހޮވާ ބައެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުން ހޮވާފައި ތިބޭ މެމްބަރުންނަކީ 25 އަހަރަށް ޖަލަށް ލިޔަސް އަދި ހަ މަސްދުވަހަށް ޖަލަށްލީ ކަމުގައި ވީނަމަވެސް ހިތްވަރާއި އަޒުމް ގުޑުވާނުލެވޭނެ ބައެއް ކަމަށެވެ.
ފާރިސްގެ ކުރިން ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ނާޒިމް އިތުރަށް ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެ ކަމަށާއި ފާރިސް މައުމޫން ސަރުކާރަށް ދެކޮޅަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ