ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވަނީ

އަމިއްލަފުޅަށް އަރުވާލެވިގެން ދެ އަހަރު ވަންދެން ސްރީ ލަންކާގައި ދިރިއުޅުއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ. 
ނިޔާޒު ރާއްޖެއެމްވީއަށް ވިދާޅުވީ މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. 
ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާ އެކު ޤާނޫނަށް ގެނައި އިސްލާހަކުން ނިޔާޒް ވަނީ މަގާމުން ވަކިކޮށްފައެވެ. މަޤާމުން ވަކިކުރި ފަހުން ވެސް ނިޔާޒު ގެންދަވަނީ ސަރުކާރުން ކޮށްފައިވާ ބައެއް ކަރަޕްޝަންތައް ރައްޔިތުންނަށް ހާމަކޮށްދެއްވަމުންނެވެ.
ސްރީ ލަންކާ އަށް ނިޔާޒް ދިރިއުޅުން ބަދަލު ކުރެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ފަޅާއަރުވާލައި، އަލްޖަޒީރާއިން އާއްމުކުރި ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ގުޅިގެން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހު ކުރިމަތިވި އުނދަގޫތަކާ އެކު އާއިލާ އެކު އެއާޕޯޓުން ލަންކާއަށް ފުރާވަޑައިގެންނެވުނީ "ހަމަ ކިރިޔާ" ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ