ހުރިހާ ސަރަޙައްދަކަށް ފެނާއި ކަރަންޓު ފޯރުކޮށްދީފި

މިއަދު މެންދުރުފަހު 13:00 ހާއިރު އެމް.ޑަބްލިއު.އެސް.ސީ ގެ ޓްރާންސްފޯމަރެއް ގޮވުމުގެ ސަބަބުން މުޅި މާލެއިން ފެނާއި ކަރަންޓު ކެނޑުމަށްފަހު، މިހާރު މާލޭގެ ހުރިހާ ސަރަޙައްދަކަށްވެސް ފެނާއި ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓްރާންސްފޯމަރ ގޮވައިގެން މުޅި މާލެއިން ކަރަންޓު ދާން މެދުވެރިވީ މައިގަނޑު ސަބަބަޚީ އެ ޓްރާންސްފޯމަރަކީ ސްޓެލްކޯ އިން އެންމެ ހައި ވޯލްޓޭޖް ދީފައި ހުރި ޓްރާންސްފޯމަރ ކަމަށްވެފައި އޭގެ ޓްރާންސްފޯމަރަކަށް މައްސަލައެއްދިމާވެއްޖެނަމަ އެހެން ޓްރާންސްފޯމަރުތަށް ވެސް މައްސަލަ ޖެހި ސްޓެލްކޯގެ މެއިން ޕެނަލުން އިންޖީނުތައް ހުއްޓުވާލާތީ އެވެ.
ޓްރާންސްފޯމަރު ގޮވާފައިވަނީ އެމްޑަބްލިއުއެސްސީ ގެ މުވައްޒަފުން މަސައްކަތެއް ކުރަމުން ދަނިކޮށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަބްޓު ކެނޑުނީ އެމްޑަބްލިއުއެސްސީ ެ ގޯޅިތެރޭގައި ހުރި ޓްރާންސްފޯމަރުގެ އާތު ފޯލްޓެއް ވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ބައެއް މީހުން ބުނި ގޮތުގައި ޓްރާންސްފޯމަރު ގޮވިގަޑީގައި ވަރަށް ބާރު އަޑެއް ގޮވިއެވެ. ނަމަވެސް އެއްވެސް މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ސްޓެލްކޯ އިން މިހާރުވެސް ދަނީ މިމައްސަލަ އެއްކޮށް ޙައްލު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މާލެއަށް ކަރަންޓު އަލުން ލިބެން ފެށީ އެމްޑަބްލިއުއެސްސީ ގެ ޓްރާންސްފޯމަރު ސްޓެލްކޯއާއި ޑިސްކަނެކްޓް ކުރުމަށްފަހު ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިއަދު މެންދުުފަހު މުޅި މާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން މުޢާސަލާތީ ގުޅުންތަކަށް ވެސް ވަނީ އެކަމުގެ އަސަރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ