ސައުދީގެ ސަފީރަކަށް އަބްދުﷲ ހަމީދަށް ރުހުން ހޯދަން ހުށަހަޅުއްވައިފި

ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުއްވައިފި އެވެ.
އެގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވަނީ މާފަންނު ކްރެސްޓްވުޑް އަބްދުﷲ ހަމީދުގެ ނަންފުޅެވެ.
އަބްދުﷲ ހަމީދަކީ މިހާރުވެސް ނޮން ރެސިޑެންޓް އެމްބެސެޑަރުގެ ގޮތުގައި ކުވެއިތާއި ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ