ވާދަވެރި ސިޔާސީ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭ، ގާސިމް ދޫކޮށްލާ - އަދާލަތު

ވާދަވެރި ސިޔާސީ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭކަމަށާއި، ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ،
އެ ޕާޓީން މިގޮތަށް ގޮވާލީ، ރޭ ގާސިމް ހައްޔަރުކުރެއްވުމާއި، ގުޅިގެން ކުރި ޓްވިޓެއްގައެވެ.
ގާސިމް ހައްޔަރުކުރީ ރޭ އޭނާ ދިރިއުޅުއްވާ މ.މާފަންނުވިލާ އަށް ފުލުހުން ވަދެއެވެ. ފުލުހުން ރޭ ވިދާޅުވީ، ގާސިމް ރޭ ހައްޔަރުކުރެވެނީ ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ގާސިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުގައި ޤާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ސަލާމަތީބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭތީއެވެ.
ކޯޓު އަމުރުގައި ވަނީ ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި ލިބިފައިވާ ހެއްކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ކަމަށެވެ.
ގާސިމް ހައްޔަރުކުުރުމުން ޖުމުހޫރު ޕާޓީން ބުނީ، ފުލުހުން ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދިޔައީ ވަގަށް ނަގައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ