ދިވެހިރާއްޖޭގެ ހިތްވަރުގަދަ އަންހެނުންނަކީ ރަނގަޅު މީހުން ނުބައި ކުރުވާ ބައެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ޓްވީޓްކުރެއްވުމުން އެކަމާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލަން ފަށައިފިއެވެ.
އެންމެ ފުރަތަމަ މިއަދު ހަވީރު އުމަރު ވިދާޅުވީ "ރަލާއި، އަންހެނުންނާއި، މުދަލަކީ ރަނގަޅު މީހުން ނުބައި ކުރުވާ ތިނެތި" ކަމަށެވެ.
މި 3 ޑަބްލިޔޫގެ ވާހަކަ އަކީ ހުޅަނގުގެ ބައެއް ފަރާތްތަކުން ބުނެ އުޅޭ ވާހަކައެކެވެ.
ރަނގަޅު މީހުން، އެ 3 ޑަބްލިޔޫގެ ސަބަބުން ގޯސްވާކަމަށް ވިދާޅުވުމަށްފަހު، މިރޭ އުމަރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މި 3 ޑަބްލިޔޫގެ ވާހަކަ އަކީ ރާއްޖޭގައި އެކަން އޮތްގޮތް ކަމަށެވެ.
އުމަރު އެހެން ވިދާޅުވުމާއެކު ގިނަ ބަޔަކު ވަނީ އުމަރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އުމަރުގެ ވާހަކައިގެ ސަބަބުން ދިވެހި އަންހެނުންނަށް ބަދު ބަސް ރައްދުވާ ކަމަށް އެއްބަޔަކު ބުނަމުން ދާއިރު، އަނެއްބަޔަކު ބުނަމުން ދަނީ އުމަރު ނަސީރަކީ ދިވެހިރާއްޖޭގެ ޑޮނަލްޑް ޓްރަމްޕް ކަމަށް ސިފަކުރަމުންނެވެ.
އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރުވެސް، އުމަރު ނަސީރު ވަނީ ރައީސް މައުމޫން ފިޔަވައި ދިވެހިރާއްޖެ ފަހުގެ ތާރީޚެއްގައި ދުއް ހުރިހާ ރައީސުންނަށް ކުޑައިމީސް ބަސްތައް ރައްދުކޮށްފައެވެ. ވަކިން ޚާއްސަގޮތެއްގައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އުމަރު އަމާޒުކޮށްފައިވާ ފާޑުކިޔުން ތަކަކީ އާންމުކޮށް ސިޔާސީ އެއްވެސް ފަރާތަކުން އެފަރާތްތަކާމެދު ދައްކަވާ ވާހަކަތަކާ ވަރަށް ބީރައްޓެހި ވާހަކަތަކެއް ކަން ފާހަގަކުރެވެއެވެ.
ދިވެހި އަންހެނުންނަކީ ރަނގަޅު މީހުން ނުބައި ކުރުވާ ބައެއް - އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ