ނަދީމް ވެސް މިއަދު ހަވީރު ކޯޓަށް ގެންދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު ހަވީރު ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.
ނަދީމްގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިއަދު ހަވީރު 5:00 އަށް ނަދީމް ކުރިމިނަލް ކޯޓަށް ހާޒިރުކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
ނަދީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭނާ ދޫކޮށްލުމަށް އެދި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.
ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ނުހައްގުން އަނިޔާ ލިބެމުންދާ މީހުން މިނިވަން ކުރާނެ ކަމަށް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ