ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެއެއް ނުލެވޭނެ - މެމްބަރު ޔާމިން

ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެމްބަރ ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ރުމާލު 2 ޖަގަހައިގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެން "މަގޭ ވަތަން" ގެ ނަމުގައި ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރ ޔާމީން ވިދާޅުވީ، ވެރިކަން ލިބުނީމަ އިޒުރޭލުގެ ޖީބުގައި ހިފައިގެން ޓީބޭގު ހެދިގެން އުޅުނީ ކޮންބައެއްކަން އެނގޭކަމަށާއި، އިދިކޮޅުގައި ތިއްބެވި ބޭފުޅުން އެ އުޅުއްވަނީ ދިވެހި ރާއްޖޭގެ މި މިނިވަންކަމާ ހަސަދަލައިގެންކަމަށެވެ.
ޔާމީން ރަޝީދު ވިދާޅުވީ، ވެރިކަން ލިބުމުން އިޒްރޭލުގެ ޖީބުގައި ހިފައިގެން ޓީބޭގު ހެދިގެން އުޅުނީ ކޮން ބައެއްކަން އެނގޭ ކަމަށާއި، ދިވެހި ރައްޔިތުން ތަކުރާރުކޮށް އެވާހަކަ ދާއްކާނޭ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ދިވެހި ގައުމު ކިލަނބު ކުރަންކަމަށް މެންބަރ ޔާމިން ވިދާޅުވިއެވެ.
ޔާމީން ރަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރަސީއަކީ "ވަން ސައިޑެޑް" އެއްޗެއް ނޫންކަމަށާއި،އެ ބޭފުޅުން އެ ބުނާ ޑިމޮކްރަސީއެއް މުޅިދުނިޔޭގައި ވެސް އެބަ އޮތްތީ ސާވޭއެއް ކުރަން އެބަ ޖެހޭކަމަށެވެ.
"ވެރިކަން ވައްޓާލަން ވީމަ ބަގާވާތްކުރަން، ޖެހިގެން އަންނަ ދުވަހު ޑިމޮކްރަސީ ހިމާޔަތްކުރަން މި ގޮވަނީ " ޔާމިން ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ އެހެން އެކަމެއް ނުވާނޭ ކަމަށާއި، އަދި އެއީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ