މޫސުން ގޯސްވެ މުޅި ރާއްޖޭގެ ކަނޑުތައް ގަދަވެފައިވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
"ވީނިއުސް" މައުލޫމާތު ދެއްވަމުން މެޓުން ބުނީ، ވިއްސާރަކުރާނެ ކަަމަށް ލަފާކުރެވެނީ ހައްދުއްމަތިން ފެށިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ޖުމުލަކޮށް މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިވަގުތު ރާއްޖޭގެ މޫސުމަށް ސަމާލުވުމަށް އެލާޓެއް ނެރިފައި ނެތް ނަމަވެސް ރޭ ފަތިސްދަމުން ފެށިގެން 04:15އާ ހަމައަށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި އޭގެ ކުރިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައި ވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދޭނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
މޫސުން ގޯސްވެ މުޅި ރާއްޖޭގެ ކަނޑުތައް ގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ