މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެންޑީއެމްސީ އިން އިލްތިމާސްކޮށްފި

ކުރިއަށް އޮތް 24 ގަޑީއިރު ރާއްޖޭގެ  މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެސެންޓްރުން ކޮށްފައިވާ އިލްތިމާސްގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާތަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ބޯކޮށް ބާރެވެހުމުގެ ސަބަބުން ފެން ބޮޑުވެ، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޖިފާގެންގުޅެތަކެއްޗާއި އިލެކްޓްރޯނިކް އާލާތްތައް ފެން ނުވަންނާނެހެން ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި، ރަށުތެރޭ ފެންބޮޑުވެ ގޭގެއަށް ފެންވަދުނަ ނުދިނުމަށް ރައްާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވެލި ބަސްތާފަދަ ތަކެތި ބޭނުން ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، މޫސުމަށް ސަމާލުވެތިބުމަށްވެސް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އިލްތިމާސްގައި ބުނެފައިވެއެވެ.
ކުރިއަށް އޮތް 23 ގަޑިއިރު މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، މިއަދު ހެނދުނު 10 ން މާދަމާ ހެނދުނު 10 އަށް މެދުރާއްޖެ ތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރެވެހެނެއެވެ. އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެއެވެ.
ވައިޖެހޭނީ އިރުއުތުރާއި އިރުން މެދެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3  މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވަކަމަށާއި، މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް ހަތަރު ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 12:30 އަށް ދެކުނުގެ އަތޮޅުތަކަށް ޔެލޯއެލާރޓްނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ