ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖުލީހަށް ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވައި ދެއްވުމަށް 19 މާރޗް 2012 ވާ ހޯމަދުވަހު ބާއްވާ ރަސްމިއްޔާތަށް ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގައިވާ ފަދައިން އަންނަނިވި މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރެވޭނެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖުލީސް ހުޅުވުމުގެ ޖަލްސާއާއި ގުޅިގެން މިފަހަރު ބަންދުކުރަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖުލީސްކުރާގެ ހިމެނޭ ސަރަޙައްދާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ ސަލާމަތީ ސަރަޙައްދުތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކެވެ.
މިއަހަރަށް ރައްޔިތުންގެ މަޖުލީސް ހުޅުވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތަކާއި ގުޅިގެން ބަންދުކުރެވިފައިވާ މަގުތަކާއި ގޯޅިތަކަކީ:
1- ބޮޑުތަކުރުފާނު މަގު އެމް. އެމް އޭ ހިސާބުން ފެށިގެން ބެންކް އޮފްމޯލްޑިވްސް މެއިން ބްރާންޗާއި ހަމައަށް.
2- އޯކިޑުމަގު ކޮލިގޭ ޢުމަރުމަނިކު ގޯޅި ގުޅުނު ހިސާބުން.
3- މެދުޒިޔާރަތް މަގު ޗާންދަނީ މަގާއި ގުޅުނު ހިސާބު (ދިރާގު ލައިޓް ކައިރި)
4- ލިލީމަގު ޗާންދަނީ މަގާ ހިސާބު
5- ރަށްދެބައިމަގު ޝީރާޒީގޯޅި ގުޅުނު ހިސާބު
6- ލިލީމަގު ޑޭޒީމަގާ ގުޅުނު ހިސާބު
7- އަލިކިލެގެފާނުމަގު ކަޅުހުރާމަގާ ގުޅުނު ހިސާބު
8- ހުސްނުހީނާމަގު ބޮކަރުމާގޯޅި އާއި ގުޅުނު ހިސާބު
9- ހަދީބީ މަގު ކަޅުހުރާ މަގާ ގުޅުނު ހިސާބު
10- ކަރަންކާމަގު ހިތަށްފިނިވާމަގާ ގުޅުނު ހިސާބު
11- ގުޅޭނޫރަންމަގު އަބަދަށްފެހި މަގާ ގުޅުނު ހިސާބު
12- ސޯސަންމަގު ރޯޝަނީ މަގާ ގުޅުނު ހިސާބު
13- ސޯސަންމަގު ޢަމީރު އަޙްމަދު މަގާ ގުޅުނު ހިސާބު
14- އަމީރު އަޙްމަދުމަގު ނާދީ ގޯޅި ގުޅުނު ހިސާބު
15- ބޮޑުތަކުރުފާނު މަގު ނާދީ ގޯޅި ގުޅުނު ހިސާބު
މީގެ އިތުރުން ދިމާވާ ކަމަކާއި ގުޅިގެން އެހެން ސަރަޙައްދެއް ބަންދުކުރަން ޖެހިއްޖެނަމަވެސް އެސަރަޙައްދެއްގެ މަގުތަކާއި ގޯޅިތައް ބަންދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް މަގުތައް ބަންދުކުރުމުން ޢާއްމު ފަރާތްތަކަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާފަށް އެދެއެވެ. އަދި މިފަދަ ކޮންމެ ވަގުތެއްގައި ޢާއްމު ރައްޔިތުންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންދާ އެހީތެރި ކަމާއި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ.
ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތަށް މަގުތައް ބަންދުކުރެވޭނެ ގޮތް ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ