އިދިކޮޅު ފަރާތްތަކުން މިމަހުގެ އެއް ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މިއީ މިމައްސަލާގައި ފުލުހުން ހައްޔަރު ކުރި 12 ވަނަ މިހާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހެދުނު 9:15 އެހާކަންހާއިރު އޭނާ ދިރިއުޅޭގެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިމީހާގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ގ. ބްލޫވޭވް ފަރުހަތު އަލީ،52 އާއި ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48 އާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އަދި ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ގާހިރު،22 އާއި ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް،50 އެވެ.
މީގެއިތުރުން ފުލުހުން ވަނީ މިމައްސަލައާ ގުޅޭ އިތުރު ހަތަރު މީހަކު ހޯދަން އެމީހުންގެ ފޮޓޯ ވެސް އާންމުކޮށްފައެެވެ.
މޭޑޭގައި ފުލުހަކަށް ހަމަލާދީގެން 12 ވަނަ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ