ލަންޑަން (ޖުލައި 25) - އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ނެދަލެންޑްސް ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑަރު، ޒަވީ ސިމޯންސްގެ ޑީލް ނިންމުމާ ގާތަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން، ޗެލްސީން ޖެހިލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ ލަ މާސިއާ އިން އުފެދުުނު ޒަވީ ސިމޯންސް، 22، ވަނީ ޕީއެސްޖީ އަށް ވެސް ބަދަލުވެފަ އެވެ. އެކަމަކު، އޭނާގެ ކުޅުން ރަނގަޅަށް ފެންނަން ފެށީ ލައިޕްޒިގަށް ބަދަލުވި ފަހުންނެވެ. އެ ގޮތުން، މިދިޔަ ސީޒަނަކީ ޒަވީ ސިމޯންސްގެ ވިދުން ގަދަ އަހަރެކެެވެ. ސީޒަނުގެ ލީގުގައި އޭނާ ވަނީ ކުުޅުނު 25 މެޗުން 17 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ.
ޗެލްސީން ވަނީ ޒަވީ ސިމޯންސްއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ، ލައިޕްޒިގަށް އޭނާގެ ޓްރާންސްފާ ފީ ދޭނެ ގޮތަކާ މެދު ކުރިއަށްދާ މަޝްވަރާތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޗެލްސީ އާއި ލައިޕްޒިގުން އަންނަނީ މި ޑީލްގެ ތެރެެއިން، ޗެލްސީގެ ކާނީ ޗުކުމުއޭކާ، ލައިޕްޒިގަށް ވިއްކާލުމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ. ޗުކުމުއޭކާ މި ޑީލްގައި ހިމަނައިގެން، ޗެލްސީން ޒަވީ ސިމޯންސް ގެންނަން ދައްކަން ޖެހޭ ފީ 25 މިލިއަން ޑޮލަރަށް ކުޑަކުރެވޭނެ އެވެ.
ޗެލްސީން ޒަވީ ސިމޯންސްގެ ޑީލް ނިންމުމާ ގާތަށް ޗެލްސީން ޒަވީ ސިމޯންސްގެ ޑީލް ނިންމުމާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ