އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ހިންގި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާއާ ދެކޮޅު ސިޔާސަތު މުޅިން ބަދަލުކޮށް، މިހާރު އިންޑިއާއަކީ "ދީލަތި، ވަފާތަރިއެއް" ގޮތަށް ސިފަކޮށް، އަދި ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ދެއްކި އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި ބޭއްވުމަށް މި ސަރުކާރުން އަމިއްލަ އަށް އެދިގެން އެ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އިންޑިއާމެދު މުއިއްޒު ކުރިން ގެންގުޅުނު ސިޔާސަތު، މޯދީގެ މި ދަތުރާއެކު މުޅިން ބަދަލުވުމުން ދައްކައި ދެނީ އިންޑިއާ އައުޓު ކެމްޕޭނަކީ ސިޔާސީ ބޭނުމުގައި ހިންގި އަސްލެއް ނެތް ކަމެއްގެ ގޮތުގަ އެވެ. އަދި މުއިއްޒުގެ ދެފުށް ދެގޮތް ކަމެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ވަރުގައި ކަމަށް މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ވެރިން ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހުމާނަކީ މޯދީ އެވެ. މި ރަސްމިއްޔާތަށް އެ މަނިކުފާނަށް ދައުވަތު ދެއްވީ މުއިއްޒެވެ.
ދެ ގައުމުގެ މެދުގައި އިއްޔެ ބޭއްވި މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ހޮޓެލް ޖެންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމަ މިސްރީ ވިދާޅުވީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި ރާއްޖޭގައި ބޭއްވުމަށް ވެފައިވާ އެއްބަސްވުންތައް ވަނީ މި ސަރުކާރުން އެދިގެން އާކޮށްފައި ކަމަށެވެ.
"އެ ތަކެތި ދަނީ ބޭނުން ކުރަމުން ދިވެހި ސަރުކާރުން އެދޭ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
މެއި، 2025، ގައި ރައްޔިތުންގެ މަޖިލީހުގައި ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ހަދާފައި އޮތް އެގްރިމެންޓުތައް އާ ކުރުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވަ އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެެއްވާ ސިޔާސަތު، އެކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނުހުންނާނެ،" ޣައްސާން ވިދާޅުވި އެވެ.
އިންޑިއާއިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލައިގެން ވަރަށް ގިނަ ދުވަހު މި ސަރުކާރުން ތިއްބެވެ. މެއި، 2024، ގައި ޣައްސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދިވެހިން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ދިނުން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގައި ރައީސް މުއިއްޒުގެ ވިސްނުމަކީ ދިވެހިންގެ ގާބިލްކަން އިތުރުކުރުން. ދިވެހިންގެ ގާބިލްކަން އިތުރުކޮށްގެން އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް އެއީ ސިފައިން މެދުވެރިކޮށް ދެވޭ ހިދުމަތެއް ވިޔަސް އަދި އެ ނޫން މުއައްސަސާއަކުން ދެވޭ ހިދުމަތެއް ވިޔަސް ހަމަ ދިވެހިންނަށް ހިދުމަތް ކުރާނީ ދިވެހިން، އެއީ ދިވެހި ވަންތަކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ޣައްސާން ވިދާޅުވީ، އިންޑިއާއިން ހަދިޔާ ކުރި އޭވިއޭޝަން ޕްލެޓްފޯމުތައް ދެން ބޭނުން ކުރާނީ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ކަމަށެވެ.
"އަޅުގަނޑުމެން މި ޕްލެޓްފޯމްތައް ބޭނުން ކުރަން ގަސްދުކޮށްފައި އޮތީ އެ ހާލަތެއް މެދުވެރިވެއްޖެ ނަމަ. ހާލަތު މެދުވެރިވޭތޯ ދެން ހިންގަވާ ބަލަން ތިބެމާ،" އޭނާ ވިދާޅުވެފައިވެ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރާއްޖޭގައި ހަރަކާތްތެރިވި އިންޑިއާގެ 76 ސިފައިން މެއި، 2024، ގައި ރާއްޖެއިން ފޮނުވާލި އެވެ. އެކަމަކު އޭގެ ބަދަލުގައި ހަމަ އެ އަދަދަށް އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުން ވަނީ ގެނެސްފަ އެވެ.
އިންޑިއާއާއެކު މި ސަރުކާރުން ގަތާލި ގުޅުން ގުޅުން މުގުރާލާނެ ރާޅެއް ދެން ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މުނާފިގުކަން ހާމަވުން ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މުނާފިގުކަން ހާމަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ