ކަރެކްޝަންސްގައި މުޅިން އަލަށް ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް"ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވައިފިއެވެ. މި ސެންޓްރަލް ސީސީޓީވީ މޮނިޓަރިން ރޫމް ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ. ސެންޓްރަލް ސެކިއުރިޓީ ކޮމާންޑަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އުފެއްދި ކޮމާންޑެކެވެ. އެމްސީއެސް އިން ބުނީ މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓާ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށެވެ. އެގޮތުން، ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ގާއިމުކުރި ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި އެ ޚިދުމަތުގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމެ އެކުލެވިގެންވެއެވެ. ކަރެކްޝަންސްގައި މުޅިން އަލަށް ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވުން -- ހަރުދަނާ ކުރެވުނު މި ޚިދުމަތުގައި ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. އެގޮތުން މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެކެވެ. އަދި ކުރިމަގުގައި މިސިސްޓަމްއަށް އޭއައި އިންޓަގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް އެމްސީއެސް އިން ވަނީ ވިދާޅުވެފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އިތުރަށް ބުނީ މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވާނެކަމަށެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ