ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް އެ ގައުމުން ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ.
އެ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ހާރިޖީ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޮރ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.
މާލޭގެ ބޭރުތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރު ދޭން ނިންމުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ 10.5 މިލިއަން ޑޮލަރެވެ. މިއީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދީފައިވާ އެހީއެއް ކަމަށް ބުންޏެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މާލެ ވަށައި ލާފައިވާ އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫނެވެ. އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރި ކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ފާހަގަކުރެއްވި އެވެ.
މާލޭގެ ބޭރުތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ