ނިޝާން ޢިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ޞާބިރާއި ގާސިމަށް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ. މި ތިން ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. 1. ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، މ. ގުލްފާމްގެ އޭނާއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ޝަރުއީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މުހިންމު މަސައްކަތުގެ ސަބަބުންނެވެ. އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުއުތަސިމް, އެ މަގާމަށް އައްޔަނުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ. އެ މަގާމުން މުއުތަސިން ރިޓަޔާކުރައްވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މުއުތަސިމް ރިޓަޔާ ކުރައްވަން ލިޔުން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ. ނަމަވެސް ރިޓަޔާމަންޓް ބަލައިގެންފައި ވަނީ ޖުލައި 20ގައެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވަސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާސް އޮފް ފިލޯސަފީ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތުގެ ބަކިންހަމް ޔުނިވަސިޓީން، ބެޗްރަލާ އޮފް ލޯ ވަނީ ހާސިލުކުރައްވާފައެވެ. 2. ހަސަން ޞާބިރު، ގ. ފިޔާތޮށިގެ އޭނާއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ފަތުރުވެރިކަމާއި އިގްތިސޯދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމްގެ މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޙަސަން ޞާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ. ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ. އިތުރު ތަފްސީލް އަންނަނީ،،،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ