ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ސިންގަޕޫރަށް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ސިންގަޕޫރަށް

މިހާރު ސިންގަޕޫރުގައި ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތް ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް، 2025 ގައި ވާދަކުރުމަށް ރާއްޖޭގެ ސްވިމިން ޓީމު ސިންގަޕޫރަށް ފުރައިފި އެވެ.
ސިންގަޕޫރުގައި، މި މުބާރާތް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަިވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ފެތުންތެރިން ފަހުން ފުރީ، އިވެންޓްތަކާ ގާތްކޮށްފައި އެ ގައުމަށް ދިއުމުގެ ގޮތުންނެެވެ.
އެ ގޮތުން، ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.
މި ފަހަރުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނު ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)، އާން ހުސައިން، މުހައްމަދު ރިހާން ޝިހާމް އަދި މެރާލް އައިން ލަތީފް އެވެ.
މީގެ ތެރެއިން، އާން އާއި ރިހާން އަދި މެރާލް ވަނީ މީގެ ކުރިން، ރާއްޖޭން ބޭރުގައި، ސީނިއާ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އަދި، އެ މުބާރާތްތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދައި، ގައުމީ ރެކޯޑްތަކެއް ވެސް އާ ކޮށްފައިވެ އެވެ.
ތަޒްކިޔާ އަކީ މި ފަހުން ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ފެތުންތެރިޔާ އެވެ. ދުނިޔޭގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް މި ފަހަރު ލިބިގެންދިޔައިރު، މިއީ ބައިނަލްއަގުވާމީ މި ފަދަ ލެވަލެއްގައި، ތަޖުރިބާކޮށް، ކެރިއަރު ބިނާކުރަން ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ