މާލެ އަތޮޅުން ފެށިގެން ދެކުނަށް މޫސުން ގޯސް، ވައިޓް އެލާރޓް ވަނީ ނެރެފައި

މާލެ ހިމެނޭ ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރައްތަކަށް މޫސުން ގޯސް ކަމަށާއި، އެހެންކަމުން މޫސުމަށް ސަމާލު ވުމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
ހޮނިހިރު ދުވަހު މެޓް އޮފީހުން ބުނީ ކ. އަތޮޅާއި ސ. އޮތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ކ. އަތޮޅާއި ސ. އަަތޮޅުގެ ރަށްތަކަށް ހޮނިހިރު ދުވަހުގެ 08:00 އިން ފެށިގެން މެންދުރު ފަހު 13:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާރޓް ނެރެފަ އެވެ.
ALERT WHITE
INFORMATION:
Heavy rain and thunderstorms with gust winds of 45 mph expected.
Area: Between kaafu and Seenu atoll.
Period: 21/0800 hrs - 21/1300 hrs.
ISSUED: 0730 hrs 21 July 2018.
-MetService-
މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ 10:00 އިން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސަރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ