ޖުމްހޫރީ ޕާޓީއާއިއެކު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ފަޅިން ވަކި ކޯލިޝަންއެއް ހަދާފައި ނުވާނެކަމަށް ބުނެފިއެވެ.
ޕީޕީއެމްއާއި ވަކިވެ ރައީސް މައުމޫނާއި އެކު މަސައްކަތް ކުރައްވާ ޕީޕީއެމްގެ ރައީސް މައުމޫނު ފަޅީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ބައެއް ބޭފުޅުންނާއި ރައީސް މައުމޫނާއި އެކު މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ހިމަނުއްވައިގެން ޖުމްހޫރީ ޕާޓީން އިއުލާނުކުރި ސަރުކާރުގެ ހިޔަނި ކެބިނެޓް އިއުލާނު ކުރުމަށް ރައީސް މައުމޫނާއިވެސް އަދި ރައީސް މައުމޫނާއި އެކު މަސައްކަތް ކުރައްވާ ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ.
ނާދިރާ ވިދާޅުވީ ޖޭޕީގެ ހިޔާލަށް އިހްތިރާމްކުރާ ކަމަށާއި، ނަމަވެސް ރައީސް މައުމޫނާއި ރައީސް މައުމޫނާއި އެކު މަސައްކަތް ކުރައްވާ ފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުން ގެންދަވަނީ ގުޅިފައިވާ ހަތަރު ޕާޓީއާއި އެކުގައި ކަމުގައެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދި ގިނަބައެއްގެ އެންމެ ބޮޑު ތާއީދު އޮތް އެމްޑީޕީ ނުހިމަނައި ގާސިމް އިބްރާހީމް ޖުމްހޫރީ ކޯލިޝަންގެ ސަރުކާރުކާރުގެ ހިޔަނި ކެބިނެޓުގެ ނަމުގައި އިއްޔެ އިއްލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ރައީސް މައުމޫނުގެ އިސްލާހީ މަސައްލަތުގައި އުޅުއްވާ ބޭފުޅުންގެ އިތުރުން ޢަދާލަތު ޕާޓީގެ އިސްބޭފުޅުންވެސްވަނީ ހިމަނުއްވާފައެވެ.
ޖޭޕީއާއިއެކު ރައީސް މައުމޫން ވަކި ކޯލިޝަންއެއް ހަދާފައި ނުވާނެ: ނާދިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ