އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އަކީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފެއްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ވިސާމްއަކީ މާޅޮހު ޔޫތު ސެންޓަރަށް މި ސަރުކާރުން އައްޔަނުކޮށްފައި ހުންނަ ޔޫތު އެސޯސިއޭޓް އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މާޅޮހުންނެވެ.
އޭނާގެ އިތުރުން އެ މައްސަލައިގައި ދެން ފުލުހުން ހައްޔަރު ކުރީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ. އެ މީހުންގެ ތެރެއިން ފާރިސް ވެސް ފުލުހުން ހައްޔަރު ކުރީ ރޭ މާޅޮހުންނެވެ. ފާރިސްއަކީ ސްޓެލްކޯގައި ވަޒީފާ އަދާ ކުރާ މީހެކެވެ. ނަމަވެސް އާޝިދު ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.
އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ޖުލައި 13، ގައި އެ ރަށަށް ދިޔަ މި ނޫހުގެ ނޫސްވެރިންނަށް މާޅޮހުގެ އެކި މީހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އާޝިދުއަކީ އަބްދުއްރަހްމާންގެ އާއިލާއާ މައްސަލަތަކެއް މީގެ ކުރިން ޖެހިފައިވާ މީހެކެވެ
އެގޮތުން އާޝިދުގެ އާއިލާ މީހަކަށް އަބްދުއްރަހްމާންގެ ދަރިއަކު ދިން ފައިސާތަކެއް އަނބުރާ ދޭން ދެކޮޅު ހެދުމުން އުފެދުނު ދެބަސްވުމަކާއި އޭގެފަހުން އެ އާޝިދުގެ އާއިލާ ބަޔަކަށް އަބްދުއްރަހްމާން ސިހުރު ހެދި ކަމަށް ބުނެ އެ އާއިލާއިން ތުހުމަތު ކުރުން ހިމެނެ އެވެ.
އޭނާގެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުނު ގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.
އެގޮތުން މި ހިނގާ އޯގަސްޓު 10، ގައި ފުލުހުން ވަނީ ފަސް މީހެއްގެ ފޯނާއި އަންނައުނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރޭ ހައްޔަރު ކުރި މީހުންގެ ފޯނާއި އަންނައުނު ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފެއް! އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ