މާލޭ މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ފާހަގަކުރެވި ހުއްޓުވަނީ މާލޭ މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ފާހަގަކުރެވި ހުއްޓުވަނީ

މާލޭ ރޯ މަސް މާރުކޭޓުގައި އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެ ވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ތަންތަނުގެ ތެރެއިން އިއުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުންދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ، އެފަދަ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކައުންސިލަށް ލިޔެކިޔުމާއެކު ހުށަހަޅަން ވަނީ އެދިފަ އެވެ.
މީގެ އިތުރުން އޮގަސްޓް 21، އިން ފެށިގެން އޮގަސްޓް 28، ގެ ނިޔަލަށް ކައުންސިލުން އެދިފައިވާ ލިޔުންތައް ހުށަނާޅާ ތަންތަން އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެފަދަ ތަންތަން ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ.
އެ ގޮތުން ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި އެހެނިހެން ތަންތަން ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާއިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ވާހަކަ ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާއިރު އެ ދެ އެއްބަސްވުމުގެ ފަރަގު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަން ވަނީ ހާމަވެފަ އެވެ.
މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް އެ މަޝްރޫއުއަށް އޮތްއިރު އޭގެ ތެރެއިން ރަނގަޅީ ކޮން އެއްބަސްވުމެއް ކަމެއް ނޭނގޭއިރު، އޭގެ ތެރެއިން ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެވެ. ގާތްގަނޑަކަށް 147 މިލިއަން ރުފިޔާގެ ދެވަނަ ކޮންޓްރެކްޓުގައި ސޮއިކުރީ މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު އާޒިމް އިންތިހާބުވުމުގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ