ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނެފިއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީގެ ޗެއާމަން އަލީ ސުޒެއިން ވިދާޅުވީ ބުނީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރޭ މުނާސަބާއާއި ގުޅުވައިގެން ވަރަށް ގިނަ ކަންތައްތައް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށާ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަށް އެރަށެއްގެ ކައުންސިލާއި ޖަމްއިއްޔާތަކުގެ އެހީތެރިކަން ހޯދާނެކަމަށެވެ.
އިތުރަށް ސުޒެއިން ވިދާޅުވީ ފާއިތުވެ ދިޔަ 75 އަހަރުތެރޭގައި ކޮންމެ ރަށަކުންވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ހުންނާނެކަމަށާއި މިކަމަކީ ބައެއް ރަށްރަށުގައި ވާދަވެރިކަން ބޮޑުވާނެކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން ރާވާފައިވާ އިތުރު ބައެއް ހަރަކާތްތަކުގެ ތެރޭގައި ފުޓުބޯޅައަށް އެންމެ ހިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި 3 ކުޅިވަރު މަޝްރޫއުއެއް ތަރައްގީކުރަން އެމްޓީސީސީއާ އެކު ސޮއިކޮށްފި! އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި ހަމަނުޖެހުން ހިންގަން ހިތްވަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ