އާރުޑީސީގެ ޗެއާމަންގެ މަގާމަށް އަލުން ޝާމީ އައްޔަންކުރައްވައިފި

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑިސީ) ގެ ބޯޑު މެމްބަރު ކަމަށާއި ޗެއަރޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އެ މަގާމަށް މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޝާމީ ވަނީ އާރުޑީސީގެ ޗެއާމަންގެ މަގާމު އަދާކުރައްވާފަ އެވެ.
އާރުޑީސީގެ އިސް މަގާމުތަކަށް މި ފަހުން ވަނީ ބަދަލު ގެންނަވާފަ އެވެ. އެ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމަށް ބަދަލު ކުރައްވާފަ އެވެ. އާރުޑީސީގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު އެވެ.
ނަޒީމަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރު މަގު ހެދުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އެމްޑީގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ