ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ބާތިލުކުރަން އެމްޑީޕީން ކޯޓަށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ބާތިލުކުރަން އެމްޑީޕީން ކޯޓަށް

ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ބާތިލުކުރަން އިދިކޮޅު އެމްޑީޕީން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އޮގަސްޓު 14، ގައި ރައީސް މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން އެ އިސްލާހުތަކާ ދެކޮޅަށް ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ.
އެމްޑީޕީ އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު ބަދަލެއް ކަމަށެވެ.
އެ ބަދަލުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިލު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް މި ހަފުތާގައި މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުގައި ވެސް އެ ބިލު ތަސްދީގު ނުކުރެއްވުމަށް ބައެއް ކައުންސިލްތަކުން މުއިއްޒު އަށް އިލްތިމާސް ކުރި އެވެ. އެ މަނިކުފާނު ބޭއްވި ޖަލްސާތަކުގައި ވެސް ބިލާ ދެކޮޅަށް އެކި ކައުންސިލްތަކުގެ ރައީސުން ވާހަކަ ދެއްކެވި އެވެ.
ރައްޔިތުންގެ މި ހިޔާލަށް ބެލުމެއް، އިހުތިރާމެއް ކުރެއްވުމެއް ނެތި މުއިއްޒު ވިދާޅުވީ މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ