މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލު އަނބުރާ ގެންދަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ ތުޅާދޫ ދާއިރާގެ މެންބަރުންނާއި އިސްލާހީ މަސައްކަތުގައި ދެމިތިބި ފަރާތްތަކާއި އަދި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެއްނެތި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރައީސަކާއި، މެންބަރުން ހިމެނޭހެން އުފައްދާ ކޮމިޝަނަށް ތާއީދު ނުކުރާ ކަމަށެވެ.
"ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން ނުވަތަ ކޮންޓެންޓް ހުއްޓުމަށް އެންގުމާއި އަދި ކޯޓަށް ހުށަހަޅައިގެން ބްރޯޑްކާސްޓިން ލައިސަންސް ބާތިލު ކުރެވޭގޮތަށް، މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ޤާނޫނަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން،" އެމްޑީޕީން ބުންޏެވެ.
ފެހި ގާނޫނު އަސާސީގައި މުތުލަގަށް ލިޔެވި ކަށަވަރުކޮށްދީފައިވާ ދުލާ، ގަލަމުގެ މިނިވަންކަމަކީ ދިވެހި ރައްޔިތުން މަގުމަތިން، އިހްތިޖާޖްތަކުގައި، ރަތްދަކަ އަވީގައި، އަގުހުރި ވަގުތާއި، އޮހޮރުނު އެތައްދަލަކުން ހޯދާފައިވާ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބުކަން އެމްޑީޕީން ފާހަގަކުރި އެވެ.
އެމްޑީޕީން ބުނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައްޔިތުންގެ ފުރިހަމަ ހައްގަކަށްވާއިރު، އެ ހައްގުތަަކަށް އަމަނާތްތެރިވެ، ރައްކާތެރިވުމަކީ ދައުލަތުގެ ކޮންމެ މަސްއޫލިއްޔަތަކާއި ހަވަލުވެހުންވި ވެރިއެއްގެ ޒިންމާއެއް ކަމަށެވެ.
"ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުވުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރާ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައި އަބަދުމެ މިޑިއާ ދެމިއޮންނަން ޖެހޭ،" އެމްޑީޕީން ބުންޏެވެ.
މީޑިއާގެ އެންމެ ބޮޑު ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުން ކަމުގައިވާތީވެ، ހާމަކުރެވޭ މައުލޫމާތުގެ ސަބަބުން މީޑިއާތައް ބަންދުކޮށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ބިލެއް ފާސްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ ބަޔަކަށް ދެވޭ ވަރަށްވެސް ބޮޑު ރައްކާތެރި ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން ސަރުކާރު ޖަވާބުދަރީ ކުރުވުމުގެ ބަދަލުގައި، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ގާނޫނެއް ވުޖޫދު ކުރުމުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހުންނެވުމަކީ އެ ދާއިރާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން އެމްޑީޕީން އަނެއްކާވެެސް ގޮވާލައިފި މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން އެމްޑީޕީން އަނެއްކާވެެސް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ