ލަންޑަން (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑް 5-0 އިން ބަލިކޮށް، އާސެނަލުން ޖެހިޖެހިގެން ދެ ވަނަ މޮޅާ އެކު ފެށުން ވަރުގަދަކޮށްފި އެވެ.
މިދިޔަ ހަފްތާގައި އާސެނަލުން ވަނީ ލީގުގައި މި ފަހަރު އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ، އެ ގޮތުން އެ ޓީމުން ލީޑުނެގީ، 34 ވަނަ މިނިޓްގައި ކޯނަރަކުން ޑެކްލަން ރައިސް ނަގައިދިން ބޯޅައަކުން ޖޫރިއަން ޓިމްބާ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ބުކާޔޯ ސަކާ ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުތްތާ ތިން މިނިޓް ތެރޭ، ވިކްޓަ ޔޯކެރޭޝް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ސްޕޯޓިން ލިސްބަން ދޫކޮށް އާސެނަލާ ގުޅުނު ފަހުން ޔޯކެރޭޝް ޖެހި ފުރަތަމަ ލަނޑެވެ. އޭގެ ފަހުން، ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި، ޓިމްބާ ވަނީ އޭނާގެ ދެ ވަަނަ ލަނޑު އަދި އާސެނަލްގެ ހަތަރު ވަަނަ ގޯލު ޖަހައިފަ އެވެ.
މެޗުގައި އާސެނަލްގެ ފަހު ގޯލު އިތުރު ވަގުުތުގައި ޖެހީ ޕެނަލްޓީ އަކުން ޔޯކެރޭޝް އެވެ. މި ޕެނަލްޓީ އާސެނަލަށް ލިބުނީ ބަދަލަކަށް ކުޅެން އެރި އެ ޓީމުގެ 15 އަހަރުގެ މެކްސް ޑޯމަން އަށް ލީޑްސް އޭރިއާތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ލީޑްސް ބަލިކޮށް އާސެނަލްގެ ވަރުގަދަ ފެށުން ކުރިއަށް ލީޑްސް ބަލިކޮށް އާސެނަލްގެ ވަރުގަދަ ފެށުން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ