އެންވަޔަރަމެންޓް މިނިސްޓްރީން އިންތިޒާމް ކޮށްގެން މިއަދު ހެނދުނު ލ. ގަމުގެ ބޮޑަމަގަ ބީޗުގައި"ވޭސްޓް ޓު އާޓް"ގެ ހަރަކާތެެއް ބާއްްވައިފިއެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފާއިޒެވެ. އަދި މި ހަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ
އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ މި ހަރަކާތުގެ ބައިވެރިން އެ ސަރަހައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ މަގުސަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ވޭސްޓް ޓު އާޓް" ހަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި ޕްލާސްޓިކުން ތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ފުޅާ ކެމްޕޭނެއްގެ ބައެކެވެ.
ލ. ގަމުގައި "ވޭސްޓް ޓު އާޓް" ހަރަކާތެއް، 980 ކިލޯއަށްވުރެ ގިނަ ކުނި ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ