ފައިނު އެކްސިޑެންޓު: ދެ ދަރިވަރާއި ޕްރިންސިޕަލް އަދިވެސް ވެންޓިލޭޓަރުގައި

ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައިކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - މި އެކްސިޑެންޓު ހިނގީ ފައިނު ސްކޫލުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ސައިކަލެއްގައި ދަނިކޮށް، އެ ވަގުތު ދުވަން ނުކުމެ އުޅުނު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ. ޓީޗަރުގެ ހާލު ރަނގަޅު ނަމަވެސް، ދަރިވަރުންނާއި ޕްރިންސިޕަލްގެ ހާލު ސީރިއަސް އެވެ.
އަނިޔާވި މީހުން އެންމެ ފުރަތަމަ ގެންދިޔައީ ރ. އުނގޫފާރު ހޮސްޕިޓަލަށެވެ. އޭގެ ފަހުން މިއަދު ވަނީ، ހާލުބޮޑު ޕްރިންސިޕަލާއި ދެ ދަރިވަރުން މާލެ ގެނެސްފަ އެވެ. 
'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި:
އެ ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި ޕްރިންސިޕަލްގެ މެޔަށް ބޮޑެތި އަނިޔާތަކެއްވެފައިވޭ
"އެންމެންގެ ވެސް ހާލު ވަރަށް ސީރިއަސް. ޑޮކްޓަރުން ބުނަނީ ވަކި އެއްޗެއް ބުނަން އެނގޭނީ މިރޭގެ ރިޕޯޓުތަކަށް ފަހުގައޭ،" ފައިނުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ