އެމެރިކާގެ ކަނޑުގެ ސިފައިންގެ ސިއްރު މައުލޫމާތުތަކެއް ހޯދައި، ޖާސޫސުކުރަން އުޅުނު ޗައިނާގެ 2 މީހަކާ ދެކޮޅަށް އެމެރިކައިން ދައުވާ އުފުލައިފިއެވެ.
ހުކުރު ދުވަހު ހައްޔަރުކުރި 2 މީހުންގެ ތެރެއިން އެކަކީ ގަވާއިދާއި އެއްގޮތަށް އެމެރިކާގައި ދާއިމީ ވިސާގައި ދިރިއުޅޭ 38 އަހަރުގެ މީހެކެވެ. އަނެއް މީހާއަކީ މިދިޔަ އެޕްރީލް މަހު ޓޫރިސްޓް ވިސާގައި އެމެރިކާއަށް އެތެރެވި މީހެކެވެ. މި ދެމީހުން ފައިސާ ދީގެން އެމެރިކާގެ ނޭވީ ސިފައިން، ޗައިނާއަށް ޖާސޫސުކޮށްދޭން ރެކްރޫޓްކުރަން އުޅުނުކަމަށްވެސް ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކުރެއެވެ.
މި ދެމީހުންވެސް މަސައްކަތްކުރަމުން ދިޔައީ ޗައިނާގެ ނުފޫޒުގަދަ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އިރުޝާދުގެ ދަށުންކަމަށް އެމެރިކާއިން އެމީހުންނާއި ދެކޮޅަށް ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެއެވެ. އަދި ނޭވީއާއި ބެހޭ ގޮތުން ލިބުނު މައުލޫމާތުތަކެއް ބައިޖިންގ އާއި ހިއްސާކޮށް، އެމައުލޫމާތު ފޯރުކޮށްދިން ފަރާތަށް ފައިސާ ދިނުމަށް ޑެޑް ޑްރޮޕް ޓެކްނިކް ބޭނުންކޮށްގެން ކެލިފޯނިއާގައި ހުންނަ އަސްކަރީ ބޭސްއެއްގެ ލޮކަރ ރޫމެއްގައި 10،000 ޑޮލަރު ބެހެއްޓިކަމަށްވެސް ކޯޓު ޑޮކިއުމަންޓްތަކުގައި ވެއެވެ. މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރެވެ.
އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ޖާސޫސުކުރަން އުޅުނު ޗައިނާގެ 2 މީހަކަށް އެމެރިކާއިން ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ