ހުޅުމާލޭ 2 ގެ އާ ސްކޫލަށް ޝަހީދު އަލީ ސްކޫލު ގެ ނަން ދީފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ އާ ސްކޫލަށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންދެއްވައިފި އެވެ.މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސް މުޢިއްޒުއެވެ.މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެ އެވެ.ޝަހީދު އަލީ ސްކޫލް އިމާރާތް ކޮށްފައިވަނީ ދެވަނަ ފިޔަަވަހީގައި ހިޔާ ޓަވަރުގެ 16 ވަނަ ޓަވަރު ހުރި ދިމާލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ