ޕްރެޝަރާ ހެދި ފީފާ ވޯލްޑް ކަޕުން 60 ޑޮލަރަށް ޓިކެޓް ލިބޭ އުސޫލެއް ޕްރެޝަރާ ހެދި ފީފާ ވޯލްޑް ކަޕުން 60 ޑޮލަރަށް ޓިކެޓް ލިބޭ އުސޫލެއް

ޒިއުރިކް، ސްވިޒަލެންޑް (ޑިސެމްބަރު 17) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުން 60 ޑޮލަރަށް ޓިކެޓެއް ލިބޭ އުސޫލެއް ފީފާ އިން ތައާރަފުކޮށްފި އެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ވެސް 4185 ޑޮލަރަށް އެރުމާ އެކު، ގިނަ ބަޔެއްގެ ފާޑުކިޔުން ފީފާ އަށް އަމާޒުވި އެވެ.
އެއާ އެކު، ފީފާ އިން ވަނީ، މެމްބަރު އެސޯސިއޭޝަނަށް މެޗުތަކުން ހަމަޖައްސާ ޓިކެޓްގެ އަދަދު އަށް ޕަސެންޓުން 10 ޕަސެންޓަށް އިތުރުކޮށްފަ އެވެ. މާނަ އަކީ، 60 ޑޮލަރަށް ޓިކެޓެއްގެ މަގުން، ގްރޫޕް ސްޓޭޖުގެ ތިން މެޗަށް ޖުމްލަ އެކު، ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 400-500 ޓިކެޓް ލިބިގެންދާނެ އެވެ.
އަގުތަކަށް ބަލާނަމަ، ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ސަޕޯޓާސް ވެލިއު ޓިކެޓެއްގެ އަގު 4185 ޑޮލަރަށް ހުރިއިރު، ސަޕޯޓާސް ސްޓޭންޑާޑް ޓިކެޓެއް ހުރީ 5560 ޑޮލަރަށެވެ. އަދި، ޕްރިމިއަމް ޓިކެޓެއްހުރީ 8860 ޑޮލަރަށެވެ. މީގެ ހަތަރު އަަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް އެންމެ އަގުހެޔޮ ޓިކެޓެއް 600 ޑޮލަރަށް ލިބިފައިވެ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓްގެ އަގުތައް ހުރި، އެވްރެޖްކޮށް ބަލާއިރު، ގަތަރު ވޯލްޑް ކަޕްގައި ހުރި އަގުތަކަށް ވުރެން ދެ ގުނަ މަތީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ