އެމްޑީޕީ ކައުންސިލް ޕްރައިމަރީގައި ވާދަ ކުރާ މީހުން ހާއްސަ ތަމްރީނެއް ފުރިހަމަކުރަން ޖެހޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުން ހާއްސަ ޓްރައިނިން ޕްރޮގްރާމެއް ފުރިހަމަކުރަން ލާޒިމް ކުރާ ގޮތަށް އެ ޕާޓީން އިއްޔެ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ނިންމީ، ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހު އެވެ.
ތަފްސީލު - ކައުންސިލް އިންތިހާބުގެ ކަންކަން ރޭވުމަށްޓަކައި އެކުލަވާލި ކޮމިޓީން ރޭގެ ބައްދަލުވުމަށް ހުށަހެޅި ކަރުދާހަށް ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދުކޮށްފައިވެ އެވެ.
އެ ކަރުދާހުގައި މިފަހަރު އިންތިހާބަށް ގެންނަ އެންމެ ބޮޑު އެއް ބަދަލަކަށް އޮތީ، ޕްރައިމަރީގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ. އެގޮތުން:
މި ޕްރޮގްރާމް ހިންގާނީ އެމްޑީޕީން އުފެއްދުމަށް ނިިންމާފައިވާ އެކަޑަމީން
އެ ޕްރޮގްރާމްގައި ކިޔައިދޭނީ، ޕާޓީގެ އަސާސްތަކާއި އުސޫލުތައް އަދި ލާމަރުކަޒީ ނިޒާމްއާ ގުޅޭ ގޮތުން
ޕްރައިމަރީގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުން ވެސް މި ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ