ނޯވޭއިން ބްރެޒިލް ބަލިކޮށް، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް “ރާއްޖެއިން ފެނުނު ފޭކް ކެންސަރު ބޭހުގެ ސަބަބުން ފުރާނައަށް ސީދާ ނުރައްކާވެދާނެ” ހިމަބިހި ކޮންޓްރޯލްކުރަން އެމްއެންޔޫ އިން ހާއްސަ ވެކްސިން ޕްރޮގްރާމެއް އިފްތިތާހުކޮށްފި ބިންހެލު

އިންގްލޭންޑުން މެކްސިކޯ ބަލިކޮށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ކުޅުނު ފޯރިގަދަ ގަދަ 16 ގެ މެޗުގައި އިންގްލޭންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ވަނީ އެންމެ 98 ސިކުންތުގެ ތެރޭގައި ދެ ގޯލު ޖަހައި ޓީމަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެކްސިކޯގެ ކުއިނޯނެސް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފް ފެށުނުތަނާހެން އިންގްލޭންޑްގެ ޖެރާލް ކުއެންސާއަށް ދެއްކި ސީދާ ރަތް ކާޑާއެކު އެޓީމަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވިއެވެ. އެހެންނަމަވެސް، ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ވަނީ އިންގްލޭންޑްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
އޭގެ އިރުކޮޅެއްފަހުން މެކްސިކޯއަށް ވެސް ޕެނަލްޓީއެއް ލިބި، ރާއުލް ހިމެނޭޒް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހުބައިގައި މެކްސިކޯއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިންގްލޭންޑުން ވަނީ ދިފާއީ ކުޅުން ވަރުގަދަކޮށް މެޗުން މޮޅުވެފައެވެ.
ކުއާޓާ ފައިނަލްގައި އިންގްލޭންޑް ބައްދަލުކުރަން ޖެހޭނީ ރޭ ބްރެޒިލް 2-1 އިން ބަލިކުރި ނޯވޭއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ