މިއަދު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ކަރަންޓު ކެނޑޭނީ މާލެ މާފަންނުގެ ބައެއް ސަރަހައްދުތަކުން، ދެ ގަޑިއެއްހާއިރަށް ކަމަށެވެ.
އެގޮތުން މާފަންނުގެ ކާމިނީ މަގު، މާވެޔޮ މަގު، މާވެޔޮ ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދުގެ ވަގުތެއްގައެވެ.
މަސައްކަތަށް ފަހު، ވީހާވެސް އަވަހަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ