އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކޮށްފި އައްޑޫ ކައުންސިލުން އުސޫލާ ހިލާފަށް 11 ބިމަކަށް ލައްކައަކަށް ވުރެ ގިނަ އަކަފޫޓު އިތުރުކޮށްދީފި ގަމުގެ އެފްއެސްއެމް ޝެޑަށް ދާ މަގު ހަލާކުވެ، ދުއްވާ މީހުންނަށް ބިރުވެރިކަމެއް! އައްޑޫ

އައްޑޫ ގަމުގައި ހުންނަ އެފްއެސްއެމްގެ ބައުޒަރ ސެކްޝަނަށް ބޭނުންވާ ބައުޒަރ ޑްރައިވަރަކާއި ބައުޒަރ އެސިސްޓަންޓެއް ހޯދުމަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ރަށުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހުޅުވާލި ފުރުސަތެކެވެ.
އެފްއެސްއެމް އިން ބުނި ގޮތުގައި މީގެ ތެރެއިން ބައުޒަރ ޑްރައިވަރުގެ މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 13،500 ރުފިޔާ އާއި 14،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. ބައުޒަރ އެސިސްޓަންޓްގެ މަގާމުގެ މުސާރައަކީ 10،000 ރުފިޔާ އާއި 11،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ބައުޒަރ ޑްރައިވަރުގެ މަސައްކަތްތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ތަންތަނަށް ތެޔޮ ގެންދިއުމަށް ބައުޒަރ ދުއްވުމާއި، ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތަށް ބައުޒަރ އޮޕަރޭޓް ކުރުން ހިމެނެއެވެ. މި މަގާމަށް ބޭނުންވަނީ ޑްރައިވިންގ ދާއިރާއިން އެއް އަހަރު ނުވަތަ ދެ އަހަރުގެ ތަޖުރިބާ ހުރި، ސީ2، ސީ0 ނުވަތަ ޑީ0 ކެޓަގަރީގެ ލައިސެންސް އޮތް މީހުންނެވެ. ބައުޒަރ އެސިސްޓަންޓްގެ މަސައްކަތަކީ އުޅަނދުތަކަށް ތެޔޮ އެޅުމުގައި ޑްރައިވަރަށް އެހީތެރިވުމެވެ. މި މަގާމުގެ ޝަރުތަކީ ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއި ފުރިހަމަ ސިއްހަތެއްގައި ހުރުމެވެ.
މިއީ މީގެ ކުރިން ކުރި އިއުލާނުގެ ސުންގަޑި އިތުރުކޮށް، އެފްއެސްއެމް އިން އަލުން ހުޅުވާލި ފުރުސަތެކެވެ. މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި، ސީވީ، އައިޑީ ކާޑުގެ ކޮޕީ، ތައުލީމީ ސެޓިފިކެޓުތަކުގެ ކޮޕީގެ އިތުރުން އެއް މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު އެ ކުންފުނީގެ އީމެއިލް އެޑްރެހަށް ފޮނުވަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ