ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރައިފި

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,007,009 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,059,709 ފަތުރިވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 155,946 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 138,859 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 83,389 ފަތުރުވެރިން، އިޓަލީވިލާތުން 71,601 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 64,756 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވި ބަނދަރުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެ އެއަރޕޯޓުން 299,764 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ގަސް އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއީ 3,997 ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ