މާލޭގެ މަސް މާރުކޭޓު އަޅާ ބިން ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު އެޅުމަށް ފިޝަރީޒް މިނިސްޓްރީ އަށް ބިން ހަވާލުކޮށްދިނުމަށް އެދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެކަމަށް ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އެއީ މިދިޔަ ދައުރުގައި ހަދަން ދެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ތަނެއް ކަމަށެވެ.
އެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ފަހު ނޫނީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާތިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގި ތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިން މިނިސްޓަރު ސޮއި ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޮޑަށް ގާނޫނާ ހިލާފު އަމަލެއް،" އާޒިމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މޭޔަރު ވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް އެ ކައުންސިލަށް ލިބިގެން ނޫނީ، ބިން ހަވާލުނުކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި މައުލޫމާތު ނުލިބިއްޖެ ނަމަ ބިން ހަވާލުނުކުރާން ނިންމުމަށް ވެސް މޭޔަރު ނިންމެވި އެވެ.
ކައުންސިލުން ވަނީ މިނިސްޓްރީއާ ބައްދަލުކޮށް، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި މިނިސްޓްރީން އެކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދިއުމަށް ވެސް ހުރިހާ ކައުންސިލަރުން ނިންމެވި އެވެ.
The most trusted news source in the Maldives
ޒަމާނީ ވަސީލަތްތަކާ އެކު މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަޝްރޫއު ޓްރަސްޓެންގް މޯލްޑިވްސްއާ ވަނީ މިދިޔަ މާޗު މަހުގެ 15 ގައި ހަވާލުކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރިން ބުނެފައި ވަނީ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ބިން ހަވާލުކޮށްފައި ނުވާ ކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ އަގަކީ 117 މިލިއަން ރުފިޔާ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ އަނބުރާ ދައްކަން ހަމަޖެހިފައި ވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ. އެ ތަނުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހަ ބުރިއަށް އިމާރާތްކޮށް އެ ތަނުގައި 85،000 އަކަފޫޓުގެ ޖާގަ ލިބޭނެ އެވެ.
އުސޫލުތަކުގެ ތެރެއިން ނޫނީ މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ