މޭ މަހު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް ޒަކާތު ހައުސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މެއި މަހު ޒަކާތު ފަންޑަށް ޖުމުލަ 7,587,956.14 ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30 ރުފިޔާއެވެ.
ދިޔަ އަހަރުގެ މޭ މަހު ޒަކާތު ހައުސްއަށް ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.
މީގެ އިތުރުން، ފީސަބީލިﷲ މަޝްރޫއުތަކަށް ޖުމުލަ 1,037,236.42 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެއީ، ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް ދޫކުރި 753,239.02 ރުފިޔާ އާއި، އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް ދޫކުރި 246,989.40 ރުފިޔާގެ އިތުރުން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް ދޫކުރި 37,008.00 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ