އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ގެންގުޅެނީ ދުނިޔޭގައި ބޭނުންކުރާ އެންމެ ރަނގަޅު މަތިންދާބޯޓު ކަމަށާއި ދުނިޔޭގައި ގެންގުޅެނީވެސް ދެތިން ހަތަރު މޮޑެލްއަށް ވާއިރު އޭގެ ތެރެއިން އެންމެ ޕޮޕުލަރ އެންމެ ސޭފް ފްރެންޗް އޭޓީއާރުތައް ބޭނުންކުރަމުންދާ ކަމަށެވެ. މި މަތިންދާބޯޓުތައް އޮޕަރޭޓްކުރުމަކީ ވަރަށް އަގުބޮޑު ހަރަދެއް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
އަމީން ފާހަގަކުރެއްވީ، މިހާރުވެސް ރާއްޖޭގެ ޑިމާންޑަށް ބަލާއިރު ޓިކެޓުގެ އަގުތައް ހުންނަނީ އިންޖިން މެއިންޓެނެންސްއާއި އޮޕަރޭޝަނަލް ކޯސްޓަށްވުރެ ބޮޑުކޮށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއީ ވަރަށް ޗެލެންޖިންގ ކަމެއް ކަމަށާއި ދުނިޔެއަށް އަންނަ ހަނގުރާމަ ފަދަ ހާލަތްތަކުގައި އެންމެ ބޮޑަށް ގުޅެނީވެސް މަތިންދާބޯޓުތައް އޮޕަރޭޓްކުރުމާއި ކަމަށެވެ.
”ފެނިވަޑައިގަންނަވާނެ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ވެސް ތެލުގެ އަގު ބޮޑުވެގެން ދިޔައީމާ ދުނިޔޭގެ އެއާލައިންތަކުގެ ޓިކެޓް ފެއާގެ އަގުތައް އިންތިހާއަށް ބޮޑުވި ކަމަށާއި އެހެންނަމަވެސް ސަރުކާރުން ނިންމި ނިންމުންތަކާއި ގުޅިގެން އެ ހަރަދުތައް އެހެން ގޮތް ގޮތަށް މެނޭޖުކޮށްގެން ރައްޔިތުންނާއި ހިސާބަށް އެ އަގު ބޮޑުނުކޮށް އެ އަގުތަކުގައި ހިފަހައްޓަމުން އަޅުގަނޑުމެން މިއައީ،“
މިނިސްޓަރ ވިދާޅުވީ، އެއީ ވަރަށް ޗެލެންޖިންގ ކަމެއް ކަމަށާއި ރާއްޖޭގައި ވައިގެ މަގުން ދަތުރު ކުރާއިރު އެ އަގަށް ބަދަލު ގެނައުމަކީވެސް ވަރަށް ޗެލެންޖިން ކަމެއް ކަމަށެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ