ބީއެމްއެލްއިން އާ ޑޮލަރު އިންވެސްޓްމަންޓް ޕޫލްތަކެއް ހުޅުވާލައިފި ބޭރުގައި އުޅޭ ދިވެހީންނަށް މިހާރު 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ ކޮމާޝަލް ބޭންކް އޮފް ޗައިނާއާއިއެކު ރާއްޖެއިން މަޝްވަރާކޮށްފި ޑޮލަރުގެ އަގު ހެޔޮވެއްޖެކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު:

ރާއްޖޭގައި ޑޮލަރުގެ އަގު ދަށްނުވެ، ޑޮލަރުގެ މައްސަލަ ހައްލުނުވެ ދަނީ ކުރީ ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބާޒާރުގައި ޑޮލަރުގެ އަގު ވިހި ރުފިޔާއަށް ވުރެ މަތީގައި ހުންނަން ޖެހުނު ސަބަބާ ބެހޭގޮތުން ސުވާލުކުރަންވީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން ކަމަށެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިގުތިސާދަކީ އިތުބާރު އޮތް އިގުތިސާދެއްގެ ގޮތުގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. އެ ކަމަކީ ކުރީގެ ރައީސް ސާލިހަށް ނުވި ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އިގުތިސާދު ދަރުވާލީ ކުރީ ސަރުކާރުން ކަމަށް މިނިސްޓަރު ވަނީ ތުހުމަތުކުރައްވާފައެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ހިލޭ އެހީ ލިބުނުއިރުވެސް، ފައިސާ ޗާޕުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށާއި، ދެފުށްނުފެންނަ ގޮތަށް ހިންގި ކަންކަމުގެ ސަބަބުން މިއަދު ގައުމު މި ހާލަތަށް ދާންޖެހުނު ކަމަށް އޮފީހުން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. ބާޒާރުގައި ޑޮލަރެއްގެ އަގު ވިހި ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވެފައިވާއިރު، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށެވެ.
ޑޮލަރުގެ އަގު ދަށްނުވުމާއި، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް މަތިވަމުންދާތީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ސަރުކާރުން ބުނަނީ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ