ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަހު ވަގުތު ހިތްދަތި ގޮތަކަށް ބްރެޒިލް އަތުން ބަލިވިއިރު، މި މެޗުން ހިތްހަމަޖެހޭ ކަމަކަށް ފެނިގެންދިޔައީ، ޖަޕާނަށް ބްރެޒިލާ އެއް ލެވަލަށް ފުޓްބޯޅަ ކުޅެވިދާނެކަން ސާބިތުވެގެންދިއުން ކަމަށް ޖަޕާންގެ ކޯޗު، ހަޖީމޭ މޮރިޔާސޫ ބުނެފި އެވެ.
ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް ކައިރިން ރޭ ފުރަތަމަ ހާފުގައި ޖަޕާނުން ލީޑުނެގި އެވެ. އެކަމަކު، ބްރެޒިލުން ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައި، 2-1 އިން މެޗު ކާމިޔާބުކޮށް، ގަދަ 16 ބުރަށް ދަތުރުކުރިއިރު، މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ.
"(ބްރެޒިލާއި ޖަޕާނާ ދެމެދުގެ) ފަރަގު މި ދަނީ ކުޑަވަމުން. ދެން، ހަމަ ޔަގީންކަމެއް. ބްރެޒިލަކީ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގެ ގައުމެއް. ދެން، ފެނުނު ކަމަކީ އަހަރެމެން ވެސް މި ދަނީ އެ ލެވަލާ ހަމައަށް ދަމުން،" މޮރިޔާސޫ ބުންޏެވެ.
މެޗުގެ ފަހު ވަގުތު ޖަޕާން ބަލިކޮށް، 2-1 ގެ ނަތީޖާއަކުން ބްރެޒިލުން ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި. ޖަޕާނުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް، ބްރެޒިލުން މެޗުގެ ނަތީޖާ އަނބުރާލީ ކަސެމީރޯ އާއި އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުން. .
ޖަޕާނުން މިހާތަނަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗަކުން މޮޅުވެފައިނުވެ އެވެ. އެ ޓީމުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ފަސް ފަަހަރު ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި މި ވޯލްޑް ކަޕް ހިމެނޭހެން އެންމެ ފަހުން ތިން ވޯލްޑް ކަޕް ހިމެނެ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބެލްޖިއަމުން ފަހު ވަގުތު ލަނޑު ޖަހައި ޖަޕާން ކަޓުވާލިއިރު، މީގެ ހަތަރު އަހަރު ކުރިން ނޮކައުޓް ފުރަތަމަ މެޗުގައި ޖަޕާން ބަލިވީ ކްރޮއޭޝިއާ އަތުންނެވެ. އަދި، މި ފަަހަރު ވެސް ފަހު ވަގުތު ހިތްދަތި ގޮތަކަށް ބްރެޒިލް އަތުން ބަލިވީ އެވެ.
"ޔަގީންކަމެއް، މި ނަތީޖާ އަކީ ވަރަށް ހިތްދަތިކަމެއް. ދެން، މި ކަހަލަ މެޗުތަކުން މި ފެންނަނީ އަހަރެމެންގެ ފުޓްބޯޅަ ލެވަލް ދެން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން. އެންމެ މަތީ ލެވަލްގައި އަބަދު ވެސް ވާދަކުރެވޭނެ ލެވަލަކަށް ދިއުމަކީ އަހަރެމެންގެ އަސްލު އަމާޒު،" މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ޓާގެޓާ އެކު މުބާރާތަށް އައި ޖަޕާންގެ ކޯޗު މޮރިޔާސޫ ބުންޏެވެ.
މޮރިޔާސޫ ބުނީ، ޓީމުގެ ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭއިރު،ބަދަލުގައި ޓީމަށް އެރި ކުޅުންތެރިން ހޯދި ތަޖުރިބާތަކުގެ އަލީގައި މުސްތަގުބަލަށް އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި، އަރަމުން. އަންނަ ކުޅުންތެރިންނަށް އަބަދުވެސް ގައުމީ ޓީމުން ފުރުސަތު އޮންނާނެ ކަމަށް މޮރިޔާސޫ ވަނީ ބުނެފަ އެވެ.
ރޭގެ މެޗުން ބަލިވުމުން، ޖަޕާނުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 10 މެޗަށް ފަހު ނިމުން އަތުވެފަ އެވެ.
ޖަޕާން ކެޓިޔަސް މޮރިޔާސޫގެ އުފަލަކީ ބްރެޒިލާ އެއް ލެވަލަށް ދާތަން ފެނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ